މަގުމަތިން އަނބިދަރިންނާ ދިމާކުރުން ބަލައި ނުގަންނަ ކަމަށް އެމްޑީޕީގެ ޗެއާޕާރސަން އަދި އިކޮމިނޮމިކް މިނިސްޓަރު ފައްޔާޟް އިސްލާއީލް (ފަޔާ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓްވީޓެއްގައެވެ.

Ad
rt

"މީޑިއާގައި ވެސް، އެހެން ގޮތަކުންވެސް އަޅުގަނޑާ ދިމާ ކުރެވިދާނެ. ސިޔާސީ ޚިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަން އެހެން ނުކުރުމަށް ކެމްޕޭން ޓީމަށް އިލްތިމާސް ކުރެއްވީތީ ރައީސް ނަޝީދަށް ޝުކުރު ދަންނަވަން." ނަޝީދު ޓެގް ކުރައްވައި، ފައްޔާޟް ކުރެއްވި ޓްވީޓުގައި ވެއެވެ.

ފައްޔާޟްގެ އާއިލާގެ މެމްބަރަކާ މަގުމަތިން ދިމާކޮށްފައިވާތީ ރައީސް ނަޝީދު އެކަން ކުށްވެރިކޮށްފައިވާއިރު، އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕަކަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ވަނީ ފައްޔާޟާއި އޭނާގެ އާއިލާއާ ޒާތީކޮށް ދިމާ ނުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

"އަޅުގަނޑު އެދޭނީ އެއްވެސް ބޭފުޅަކު މިނިސްޓަރު ފަޔާ އަދި ފަޔާގެ ފެމިލީއާ ޒާތީކޮށް ދިމާނުކުރެއްވުމަށް،" ނަޝީދުގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ނިންމާފައިވާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް ސާލިހާއި ކުރީގެ ރައީސް އަދި މަޖިކީހުގެ ރައީސް ނަޝީދުގެ ވާދަވެރި ކެމްޕެއިން ފަށައިގެން ކުރިއަށް ދާއިރު، އެއްބޭފުޅަކު އަނެއްބޭފުޅަކަށް ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުން ނެވެ. އަދި މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން އެ ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ މެމްބަރުން ވެސް ގެންދަވަނީ ބަހުގެ ހަމަލާތައް ބަދަލުލުރައްވަމުން ނެވެ.

އެހެންނަމަވެސް ފައްޔާޟަކީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާތީ، އެ ޕްރައިމަރީގައި ލީޑަރޝިޕްގެ އެހެން ބޭފުޅުންނާ ހިލާފަށް އޭނާ މާބޮޑަށް އުޅުއްވާތަން ފެނިގެނެއް ނުދެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ 57،714 މެންބަރުންނަށް ވޯޓުލެވޭނެ އެވެ.