ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން އަނދަވަޅަކަށް ހއ. އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާއިގުޅިގެން އުތީމު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ މުޅި ދިވެހި އުއްމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ.

Ad
rt

އެ ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން އަނދަވަޅަކަށް ކަމަށާއިމ އެ ހުކުމަކީ ސިޔާސީ ގޮތުން ފާސިގުންގެ ހެކިބަހަށް ކޮށްފައިވާ ހުކުމެއް ކަމަށް ވެސް ވިދާޅުވެފަވެއެވެ.

އެ ހުކުމަކީ ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވައިލަން ކުރި ހުކުމެއް ކަމަށާއި އެ ހުކުމާއިމެދު އެކައުންސިލާއި އެރަށުގެ ރައްޔިތުން ނިހާޔަތަށް ކަނބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ޙުކުމް ކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 25 ވީ އާދީއްތަ ދުވަހު އެވެ.

އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ އާދީއްތަ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ. އަދި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައެވެ.

ރައީސް ޔާމީނަށް އިއްވި މި ހުކުމާއިމެދު ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން ބަޔާން ނެރެމުން އަންނައިރު، ޔާމީން ޖަލުން މިނިވަންކޮށް އަލުން ރައީސް ކަމަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސެނެޓުން ވަނީ ވައުދު ވެފައެވެ.

ޑިސެމްބަރު 28 ވަނަ ދުވަހުގެ ރ،ޭ މީރުމާ ހޮޓެލްގައި ރޭ ބޭއްވި ޕީޕީއެމް / ޕީއެންސީ ސެނެޓަރުންގެ ކުއްލި ބައްދަލުވުމަށް ހުށަހެޅި ގަރާރަކުން، މިކަން ފާސްކުރީ 89 ސެނެޓަރުންގެ ތާއީދާ އެކުގަ އެވެ.