ހއ. އިހަވަންދޫ މިސްކިތެއްގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމަށް 250 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ނަޝީދު މިއަދު ވަނީ ކެމްޕެއިން ދަތުރެއްގައި އިހަވަންދޫ އަށް ވަޑައިގެންފައެވެ.
އެއަށްފަހު މިރޭ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިހަވަންދޫގެ މިސްކިތެއްގައި އަތުލިޔުމުން ލިޔެފައިވާ ހަތިމެއް އެބަ އޮތް ކަމަށެވެ. އަދި އެ ހަތިމަށް މިހާރު 250 އަށްވުރެ ގިނަ އަހަރު ވެދާނެކަމަށް ލަފާކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައި އެއީ އިހަވަންދޫ އިބްރާޙީމް ކަތީބުގެ އެންގުމަށް ލިޔެފައިވާ ހަތިމެކެވެ. އަދި ހަތިމު ވަނީ ވަގުފް ކުރެވި، ވަގުފް ބަލަހައްޓާ އުސްމާން ކަލޯގެ ހަވާލުގައި ކަމަށް ވެސް ނަޝީދު ވިދާޅުވެފައެވެ.
މި ހަތިމަކީ އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތެއްކަމަށްވާ ހިރިގަލު މިސްކިތުގައި ރައްކާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ހަތިމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!