ހއ. އިހަވަންދޫގައި ޓާފް އަޅައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ބަރާބަރަށް ޖީއެސްޓީ ދައްކަމުން އަންނަ ފަރާތަކަށް ވާންޖެހޭއިރު، މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 (ދިހަހާސް) ރުފިޔާ ހުށަހަޅަން ޖެހެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުގެ 11:00 އަށް ޔޫތު މިނިސްޓްރީއަށް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.
މި މަސައްކަތާއި ގުޅޭގޮތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ އިހަވަންދޫ ޒުވާނުންގެ ސަރުކާރު ކަމަށާއި، އިހަވަންދޫގެ ޒުވާނުންގެ އުންމީދުތައް ތަރުތީބުން ސަރުކާރުން ފުރިހަމަ ކޮށްދެމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/110175.pdf
ކުރެހުން: https://storage.googleapis.com/gazette.gov.mv/docs/iulaan/110174.pdf
ބީއޯކިއު: https://storage.googleapis.com/gazette.gov.mv/docs/iulaan/110176.xlsx
އަގުފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/110173.docx
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!