ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދާ "އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް" ކޭމްޕް ފަށައިފިއެވެ.

މި މެޑިކަލް ކޭމްޕަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސޭބިލިޓީސް (އެމްއޭޕީޑީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގުޅިގެން، ދިރާގުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ.

Ad
rt

މި ކޭމްޕް ފެށުމަށް މިއަދު ކުޅުދުއްފުށީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މި ކޭމްޕް އިފްތިތާހުކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފެވެ.

މި ކޭމްޕާއި ގުޅިގެން އެމްއޭޕީޑީ އިން "ތިލަދުން" އަށް ވިދާޅުވެފައި ވަނީ، މިކޭމްޕް ބޭއްވުމުގައި ވާސޯ މެޑިކަލް ސެންޓަރާއި އިންޑިޔާގެ ޖޮޝުއާ ކްލިނިކް އަދި އެސްޓްރާ ރިހެބް ގެ ފަރާތުން ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށެވެ. އަދި ހދ. އާއި ހއ. އަތޮޅުގައި ދިރިއުޅެމުންދާ ނުކުޅުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސިއްހީ ހާލަތު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ތަފާތު ސިއްހީ ތެރެޕީތައް މިކޭމްޕުގައި ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް" ކޭމްޕްގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މި ކޭމްޕު އޮންނާނީ އަންނަ ޑިސެމްބަރ 2 ވަނަ ދުވަހުގެ 14:30ން 18:00ށް އަދި 3 ވަނަ ދުވަހުގެ ހެނދުނު 9:00ން 12:00ށް ކަމަށާއި އަދި ހަމައެދުވަހު މެންދުރުފަހު 13:30ން 15:00 އަށް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ޑިސެމްބަރ 4 ވަނަ ދުވަހުގެ ހެނދުނު 9:00ން 12:00ށް، އަދި މެންދުރުފަހު 13:30ން 15:00ށް ކޭމްޕް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި "އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް" ކޭމްޕެއް ބާއްވަނީ

ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް އެ ދެ އަތޮޅުގައި ދިރިއުޅެމުންދާ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހެލްތް ސްކްރީނިންގ މިކޭޕުގައި ހެދޭނެ ކަމަށާއި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕު އޮންނާނީ ކޭއެޗްއާރް ގެ އުފަން ހިޔާ އިމާރާތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއޭޕީޑީ އިން ވިދާޅުވީ މިކޭމްޕުގައި ސްޕީޗް އެންޑް ލެންގްއޭޖް ތެރަޕީ، ފިޒިއޮތަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ، ކްލިނިކަލް ސައިކޮލޮޖީ، ޑެންޓަލް އަދި ލޯސްކްރީން ކުރުމުގެ ޚިދުމަތްތައް ހިމެނޭނެ ކަމަށެވެ.