ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް، ޑާވިން ކެފޭއިން ހާއްސަ ޑިސްކައުންޓެއް
ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސްކީމެއް ޑާވިން ކެފޭއިން ތައާރަފުކޮށްފި އެވެ. މި ކެފޭ ވަނީ އެފަދަ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެ އުޅެވޭ ގޮތަށް ފަރުމާ ކޮށްފައެވެ. އަދި ފާހަނާތައް ވެސް ހުންނާނީ އެ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަކަށް ފަރުމާކޮށްފަ އެވެ. ނުކުޅެދޭ މީހުންނަށް ދޫކުރާ ޕީޑަބްލިޔުޑީ ކާޑު އޮންނަ މީހުންނަށް، އެ މީހުން ހޯދާ ހިދުމަތްތަކުން، ފަސް ޕަސެންޓްގެ ޑިސްކައުންޓެއް މި ސްކީމުން ލިބޭއިރު، އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނަށް ވެސް، ކެފޭގައި ތިބެގެން […]