11 އަހަރަށް ފަހު 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދިއްދޫގެ ބިން ހިއްކުން ހިމަނައިފިއެވެ.

އެންމެ ފަހުން ދިއްދޫގެ ބިންހިއްކާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ދިއްދޫގެ ބިން ހިއްކުމަށް ހުށަހެޅި މިއީ ފުރަތަމަފަހަރުވެސް މެއެވެ.

Ad
rt

ބޮޑު އާބާދީއެއް ދިރިއުޅުމެއް އަންނަ ދިއްދޫ ގައި 2008 ވަނަ އަހަރު ވަނީ 27 ކިލޯމީޓަރުގެ ބިން ހިއްކާ 350 ރޯހައުސް އަޅާފައެވެ. އޭގެ ތެރެއިން 150 ގޭގައި މީހުން ދިރިއުޅެމުންދާއިރު ބާކީ 200 ގޭ ދިނުމަށް މިހާރުވަނީ އިޢުލާން ކޮށްފައެވެ.

ދިއްދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ އިތުރުން ދިއްދޫގައި އަލަށް ފެށުމަށް އިތުރު 6 ޕުރޮޖެކްޓް ވަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ.