ޔުއެފާ ޗްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 2-0 ގެ ނަތީޖާއިން ބަޔާންއިން ބާސާ ބަލިކޮށްފިއެވެ.
މިއީ ބަޔާންއިން ޖެހިޖެހިގެން ބާސާ ބަލިކުރި 5 ވަނަ ފަހަރެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މެ މިޗަކީ މި ދެޓީމް ބައްދަލުކުރި 12 ވަނަ މެޗެވެ. 1 މެޗު އެއްވަރުވެގެން ނިމުނުއިރު، ބާސާ މޮޅުވެފައިވަނީ ދެފަހަރުއެވެ. އަނެއް ނުވަފަހަރު ބަޔާންއިންވަނީ ބާސާގެ މައްޗަށް ކުރިހޯދާފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ 2019/2022 ޗެމްޕިއަންސްލީގު ކުއާރޓާފައިނަލުގައި މި ދެޓީމު ބައްދަލުކުރި މެޗެވެ. އެފަހަރު ބާސާ ދަނޑުގައި ކުޅުނު މެޗް ބަޔާން ކާމިޔާބުކުރީ 8-2 ގެ ބޮޑުތަފާތަކުންނެވެ.
އަންގާރަދުވަހުގެރޭ ކުޅުނުމެޗުގައި ފުރަތަމަ ހާފު ނިމުނީ އެއްވެސްޓީމަކަށް ގޯލެއްކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ބޮލުން ގޯލުތެރެއަށް ވަށްދައިލައިގެން ބަޔާންއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ހެނާންޑޭޒްއެވެ. އޭގެ 4 މިނެޓު ފަހުން ބަޔާންގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ ސާނޭ އެވެ.
އަންގާރަދުވަހުގެ ރޭ މި ގްރޫޕްގައި ކުޅުނު ދެވަނަ މެޗުން އިންޓަމިލާންވަނީ 2-0 ގެ ނަތީޖާއިން ވިކްޓޯރިއާ ޕުލެޒަން ބަލި ކޮށްފައެވެ. ޗެމްޕިއަންސްލީގަުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗްތަކުގެނަފީޖާ
- ސްޕޯޓިން 2-0 ޓޮޓެންހަމް
- އިންޓަމިލާން 2-0 ވިކްޓޯރިއާ
- ލިވަޕޫލް 2-1 އަޔެކްސް
- ބަޔާން 2-0 ބާސާ
- ޕޯޓޯ 0-4 ބުރުގާ
- ބަޔާން ލެވަކޫސަން 2- 0 އެތުލެޓިކޯ މެޑްރިޑް
- މާސެލް 0-1 ފުރެންކްހފޯ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!