ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާދެއްވައިފިއެވެ.

މިކަން ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ. އެކަމަކު ތިލަދުން އަށް ވަނީ މިކަން ޔަގީންވެފައެވެ.

Ad
rt

އެނގިފައިވާގޮތުގައި މަގާމުން އިސްތިއުފާދެއްވައި ވަނީ ރަސްމީކޮށް ސިޓީ ފޮނުވާފައެވެ. އެކަމަކު އޭނާ އިސްތިއުފާދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހުގެ ވެރިކަން ފެށިގެން މަބްރޫކް ފުރަތަމަ ކުރެއްވީ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ. އޭގެ ފަހުން މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 1 ގަ އެވެ.