ށ،މިލަންދޫ ކައުންސިލަރ އަބްދުﷲ ޢާޠިފް އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އަބްދުﷲ ޢާޠިފް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓަކީ އެފަރާތުން ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމުގައެވެ.
އެ ރިޕޯޓަކީ ފާޅުގައި އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރައެއްކަމަށް ސިފަކޮށް މިއަމަލަކީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި އެކަމާ ގުޅިގެން ދައުވާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކާ މެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށާއި އެފަދަ އަމަލުތައް ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ތިން ބާރަށާއި، އެންމެހާ މުވައްސަސާތަކަށް އެފަރާތުން ވަނީ ގޮވާލައިފައެވެ.
Alhuga'du Sh.Milandhoo counciler Haisihyyathun Nerey Noos Bayaan (Maaiy Allah Heyo Jazaa Dhehvaashi)#BanMDN pic.twitter.com/WuxDJjOzMg
— Abdulla Athif (@abdullaathif7) October 27, 2019
އެމްޑީއެންގެ ރިޕޯޓް ގިނައަދަދެއްގެ ރަށުކައުންސިލްތަކުން ދަނީ ކުށްވެރިކުރަމުންނެވެ.މީގެ އިތުރުން އެމްޑީއެން އުވާލުމަށް ގިނައަދަދެއްގެ ފަރާތްތަކުންވެސް ދަނީ ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!