ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން "ފައިގަތަޅާ ފޯރި" ގެ ނަމުގައި ބާއްވާ ފައިގަތަޅާ މުބާރާތް މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފަލްޓު ސަރަހައްދުގައި ހަދާފައިވާ ބަސް ސްޓޮޕާ ދިމާލުން ބީޗުގައި މިކަމަށް ހާއްސަކޮށްފައިވާ ކޯޓުގައެވެ.
ޔުނިކް ސްޕޯޓިން އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބާއްވާ، ފައިގަތަޅާ މުބާރާތުގައި 38 ޓީމަކުން ވާދަކުރެއެވެ. އެއީ އި އަންހެން 18 ޓީމާއި ފިރިހެން 20 ޓީމެވެ.
#HappeningNow
Faigathalhaa Foari 2022 has begun.
Come, relive your childhood memories and cheer for the teams! @UnixSporting @hdcmaldives @sportscomv #Myhulhumalé pic.twitter.com/FKWRHf4gc2— My Hulhumalè (@MyHulhumalemv) June 22, 2022
މިއަދު މި މުބާރާތް ފެށިއިރު، އަންހެން ކެޓަގަރީގެ ފުރަތަމަ މެޗުގައި ވާދަކުރީ ޔޫތު މިނިސްޓްރީ އާއި މުލަ މޯލްޑިވްސް އެވެ. ފިރިހެން ކެޓަގަރީގެ ފުރަތަމަ މެޗުގައި ވާދަކުރީ މުލަ މޯލްޑިވްސް އާއި ފެމިލީ ކޯޓެވެ.
މި މުބާރާތުގައި އަންހެން އަދި ފިރިހެން ދެ ކެޓަގަރީން ވެސް އެއްވަނަ އަށް ދާ ޓީމަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ސޮނީ ސްޕޯޓްސްއިން ދޭ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!