ކުރިއަށް މިއޮތް ހަފްތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅުތެރެއަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މި ހަފްތާ ބަންދުގައި ށ. ފުނަދުއާއި ނ. ހޮޅުދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih ޖޫން 17-19 އަށް ށ. ފުނަދުއާއި ނ. ހޮޅުދުއަށް ވަޑައިގަންނަވާނެ. އެމަނިކުފާނު ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާ އަދި މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ pic.twitter.com/UWRIWj49fD
— Mabrook Azeez (@MvSpokesperson) June 15, 2022
މި ދަތުރުފުޅުގެ ތަފްސީލް ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާ އަދި މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!