ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ރަސްމީކޮށް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
އާރްޓީއެލްގެ ހިދުމަތް އެންމެ ފުރަތަަމަ ފަށަނީ ޒޯން އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ. ހދ. އަތޮޅުގެ ރަށްތަކަށް ލޯންޗް ފެރީގެ އަގުތައް އުޅެނީ ދެކޮޅަށް، 65 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
މި ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއި ފަސޭހައަށް ވިސްނައި ފަރުމާކޮށް ބަނދެފައިވާ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.
އާރްޓީއެލްގެ ޕެސެންޖާ ފެރީ ގުޅާލެވިގެންދަނީ ތަފާތު ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކް، ނޮން ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަ ލިންކެވެ. ނޮން ކޮމިޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ލިންކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް އާއި އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.
Here is your chance to familiarize with the RTL Website. Learn how to plan your trip and book your ticket using this website. We wish you all a very pleasant experience on your RTL journeys. #MTCCSpeedferry #ConnectingRaajje pic.twitter.com/5lGNZB518s
— Raajje Transport Link (@RTLnetwork) June 10, 2022
އާރްޓީއެލްގެ ހިދުމަތް މާދަމާ ރަސްމީކޮށް ފަށާއިރު، މާދަމާއިން ފެށިގެން އެ ނިޒާމުގައި ހިމެނޭ ފެރީތަކުން ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ނަގަން ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފައިވާއިރު، އާރްޓީއެލްގެ ވެބް ޕޯޓަލް މެދުވެރިކޮށްވެސް ޓިކެޓު ނެގޭނެއެވެ.
މި ފެރީތަކުން ތިން އަހަރުން ދަށުގެ ކުދިންނަށް އަގު ނުނަގާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ކޮންމެ ފަސެންަޖަރަކާއެކު ދަތުރު ކުރެވޭނީ 3 އަހަރުން ދަށުގެ އެއް ކުޑަ ކުއްޖަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!