އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ އިން ސެމްސަންގެ ފޯނުތައް ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.

ލިމިޓެޑް ޓައިމް އޮފާއެއްގެ ގޮތުގައި އުރީދޫ އިން ވަނީ ސެމްސަންގެ ފަހުގެ ފޯނުތައް ވަރަށް ބޮޑަށް އަގުހެޔޮ ކޮށްފައެވެ. މިއީ މިވަގުތު ރާއްޖޭގެ ބާޒާރުގައި މިތަކެތި ލިބެން ހުރި އެންމެ ހެޔޮ އަގެވެ.

Ad
rt

މޫލީ އިން ލިބެން ހުންނަ ސެމްސަން ބްރޭންޑުގެ ފޯނުގެ ތެރޭގައި ގެލެކްސީ އެސް21 އާއި ގެލެކްސީ ޒީ ފްލިޕް އާއި ނޯޓް 20 އާއި އެސް 20 ޕްލަސް އާއި އެސް 20 އާއި ނޯޓް 10 ޕްލަސް އާއި އެސް 10 ޕްލަސް އާއި އެސް 10 އާއި ނޯޓް 9 ހިމެނެއެވެ.

މީގެ އިތުރުން ސެމްސަން ގެލެކްސީ ބަޑްސް ލައިވް ވެސް ވަނީ އަގުހެޔޮކޮށްފައެވެ.

މި ފޯނުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް މޫލީން ނުވަތަ އުރީދޫގެ ފިހާރަތަކުންވެސް ގަނެވޭނެއެވެ.