އދ. ހަންޏާމީދޫ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތް ކުރަނީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.
މި މަަސައްކަތުގެ ދަށުން، ސައިޓް ކްލިއަރ ކޮށް، 9775 އަަކަ މީޓަރުގެ ސަރަޙައްދެއް ކޮމްޕެކްޓްކޮށް ލެވެލް ކުރާނެއެވެ.
އެމްޓީސީސީން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އަދަދެއްގެ މަސައްކަތްތައް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!