ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގިނަ ވަޒީފާތަކަކަށް ހުޅުވާލައިފިއެވެ.

އެ ކުންފުނިން ހުޅުވާލި ފުރުސަތުގެ 13,000 ރުފިޔާއިން ފެށިގެން 107،940 ރުފިޔާ އާ ދެމެދުގެ ވަޒީފާތައް ހިމެނެއެވެ. މީގެ ތެރޭގައި އެންމެ މުސާރަ ބޮޑީ ޗީފް އިންޖިނިއަރުގެއެވެ.

Ad
rt

އެ ކުންފުނިން ވަނީ އެކި ދާއިރާތަކުން 15 ވަޒީފާގެ ފުރުސަތު ހުޅުވާލައިފައެވެ.

މި ފުރުސަތުގެ ދަށުން އެސްޓީއޯ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް އެދެވޭނެއެވެ.

މި ވަޒީފާތަކަަށް އެދުމުގެ ސުންގަޑިއަކީ 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 އެވެ.