މި އަހަރުގެ އޯ ލެވެލް (ސާނަވީ ނިންމާ އިމްތިހާނު) މިއަދު ފަށައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި އިމްތިހާނު ދިވެހިރާއްޖެގެ 239 ސެންޓަރެއްގައި ކުރިއަށް ދާނެއެވެ. އަދި މި އަހަރަކުގެ އިމްތިހާނުގައި 5939 ދަރިވަރުން ބައިވެރިވެފައި ވެއެވެ.
މި އިމްތިހާނު ކުރިޔަށްދާނީ މިއަދުން ފެށީގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޯލެވަލް އިމްތިހާނާ އެކު އޯލެވެލްއާއި އައިޖީސީއެސްއީގެ އިތުރުން އިސްލާމާއި ދިވެހި ހިމެނޭ އެސްއެސްއީ އިމްތިހާން ވެސް ކުރިއަށްދާނެ އެވެ.
އިމްތިހާނުތަކުން ރަނގަޅު ނަތީޖާ ހޯދުމަށް ދަރިވަރުން އިމްތިހާނަށް ތައްޔާރު ކުރުމަށް އިތުރު ކިލާސްތަކާއި ސްޓަޑީ ކޭމްޕްތައް ވެސް ކޮންމެ އަހަރަކު ވެސް ސްކޫލްތަކުން ކުރިއަށް ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!