ހއ. ފިއްލަދޫ އިޖުތިމާޢީ މަރުކަޒާއި ފިއްލަދޫ ސްޕޯރޓްސް އެކަޑެމީ ގުޅިގެން ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފިއެވެ.

މި މަސްރޭހުގައި ޖުމްލަ 9 ޓީމެއް ވަނީ ބައިވެރި ވެފައެވެ.އީދު ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 21:30 އަަށް ކުރިޔަށް ގެންދެވުނު މި މަސްރޭހުގައި 53.8 ކިލޯގެ މަސް ބާނައިގެން ޗެންޕިއަން ޓީމަށް ކަޑައަޅާފައިވާ -/3000 ރުފިޔާ ހޯދާފައިވަނީ މި މުބާރާތުގެ ވާދަކުރި ހަމައެކަނި އަންހެން ޓީމް ކަމަށްވާ މަސްވެރި ކަނބަލުންގެ ޓީމެވެ.

Ad
rt

ދެވަނަ ޓީމެއް ގޮތުގައި 35.90 ކިލޯގެ މަސް ބާނައިގެން -/1000 ރުފިޔާ ގެ ފައިސާގެ އިނާމު ހޯދާފައި ވަނީ ކަވަ ކަވާ ޓީމެވެ. އެންމެ ބަރުމަސް ބާނައިގެން މާ ކެޔޮޅަކަށް ހޮވޮފައި ވަނީ ބުލެކް މާރލިންގެ އާދަމް މުއާވިއަތު އެވެ. އަދި 25 މަސް ބާނައިގެން އެންމެ ގިނަ މަސް ބޭނި ކެޔޮޅަކަށް ހޮވިފައި ވަނީ ކައްޓަޅީގެ އަބްދުލްވާހިދު އަހުމަދު އެވެ.

މަސް ރޭސް ނިންމުމުގެ ގޮތުން މި މަސްރޭހުގައި ބޭނުނު މަސްތައް އާންމުންގެ މެދުގައި ވަރަށް ފޯރީގައި ނީލަން ކިޔުން އޮތެވެ. އަންނަ އަހަރުވެސް މި މަސް ރޭސް ބޮޑެތި އިނާމް ތަކާއެކު މި އަށްވުރެ ފޯރިގަދަކޮން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.