މަކުނުދޫ ކައުންސިލްގެ ބަހެއް ނޭހި، "ޢީދަށް އަލިވިލުނު އިރު" މަގު މެދަށް ނުނެރޭ އެއްޗެއް ނެތް!

998A04B0-3DF7-47CC-A654-7C71FABE423E

މި އަހަރުގެ ރަމަޟާން މަސް ނިމުމަކާއި ކައިރިވެފައި ވަނިކޮށް ހދ.މަކުނުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ.

އެ އިޢުލާނުގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި ޢީދުވިލޭރޭ އެ ރަށުގެ މަގުތަކަށް އެކި ބާވަތްތަކުގެ ސާމާނު ނެރެ ބެހެއްޓުމުގެ ސަބަބުން ތަފާތު ހާނީއްކަތައް ބައެއް ފަރާތްތަކަށް ލިބިފައިވާ ކަމަށާއި، ވުމާއެކު އެފަދަކަމެއް ނުކުރުމަށް މަކުނުދޫ ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ.

ކައުންސިލުން މިފަދަ އިލްތިމާސެއް ކުރިޔާލައި، ކުރި ނަމަވެސް، މަންޒަރު ފެނިގެން ގޮސްފައި ވަނީ އިލްތިމާސްއާއި އެއްގޮތަކަށް ނޫނެވެ. ޢީދު ދުވަހަށް އަލިވިލުނު އިރު، މަކުނުދޫގެ މަގުތަކުގެ މެދަށް ނުނެރޭކަށް އެއްޗެއް ނެތޭވެސް ބުނެވިދާނެއެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުގައި ފެންނަ ގޮތުގައި ބައެއް މަގުގެ މެދުގައި ހުރަހަށް ގައު އަތުރާފައިވާއިރު، މަގެއްގެ ހުރަހަށްވާ ގޮތަށް ކާރެއް ބާއްވާފައިވާތަން ވެސް ފެނެއެވެ. އަދި މަގެއްގެ ހުރަހަށް ވާގޮތަށް ކެނޯއެއްފަދަ އެއްޗެއް ވެސް ބާއްވާފައިވާތީ ފެނެއެވެ.

މީގެ އިތުރުން ޖޯލިފަތިތަކާއި އަދި މިނޫންވެސް ބައެއް ތަކެތި މަގުތަކުގެ މެދުގައި އަތުރާފައިވާއިރު، ބައެއް ގޭގޭގެ ދޮރޯށި ވަނީ ކުނި ޖަމާކޮށް ވަދެ ނިކުމެ ނުހެދޭވަރަށް ބަންދު ކޮށްފައެވެ.

މަކުނުދޫ ކައުންސިލްގެ އިޢުލާނުން ވެސް ހާމަވާ އެއްކަމަކީ އެ ރަށުގެ މަގުތަކަށް ޢީދުވިލޭރޭ ބައެއްކަހަލަ ތަކެތި ނެރެފައި ބެހެއްޓުމުގެ ސަގާފަތެއް، އެ ރަށުގައި އޮންނަކަމެވެ.

ވުމާއެކު އެއީ ކިހިނެއް ހިނގަމުން އަންނަ ކަމެއްތޯ ބަލައިލުމުގެ ޝަޢުޤުވެރިކަން އޮތަތީވެ، އެ މަޢުލޫމާތު ހޯދާލުމަށް މަސައްކަތް ކޮށްލީމެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މަކުނުދޫއިން "ތިލަދުން" ނޫހާއި ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ޢީދުވިލޭރޭ ރަށުގެ މަގުތަކަށް ތަފާތު ސާމާނު ނެރެ އެތުރުމަކީ އެ ރަށުގައި އަބަދުވެސް އޮންނަ ސަގާފަތެއް ކަމަށެވެ. އެކަން ފެށުނު ހިސާބެއް ބުނެދޭން ނޭނގޭ ކަމަށާއި ހަނދާންވާން ފެށީއްސުރެ ވެސް އެ ގޮތަށް އެކަން ހިނގަމުން އަންނަ ކަމަށެވެ.

އިތުރަށް އެ މީހާ ބުނެފައި ވަނީ އެ ގޮތަށް މަގުތަކަށް ސާމާނު ނެރެނީ އެއްވެސް ބަޔަކަށް ޖެއްސުމަށް ނުވަތަ ބަޔަކު ދެކެ ރުޅިން ނޫންކަމަށާއި، އެއީ އެ ރަށުގެ ސަޤާފަތުގެ ތެރޭގައި ކުރެވެމުން އަންނަ ކަމަކަށް ވާތީ އެކަން އެ ގޮތަށް ކުރެވެމުން އަންނަނީ ކަމަށެވެ.

މަގުތަކަށް ތަކެތި ނެރުމުގެ ސަބަބުން ފާއިތުވެދިޔަ ތަނުގައި ބައެއް ފަހަރު ބައެއް ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުން ތަކެއް ވެސް ލިބިފައިވާ ކަމަށާއި، އެކަން ނުކުރުމަށް ކައުންސިލުން އިލްތިމާސް ކުރި ސަބަބަކީ ވެސް އެއީ ކަމުގައި އެ މީހާ ވަނީ ފާހަގަ ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މަޖާ ކަމެއް އެކަމަކު މިފަދަ ޒަމާނެއްގަ ކުރާކަހަލަ ކަމެއްނޫން ދޯ؟ ސަޤާފަތުގަވެސް މަނާނޫނަސް ރަނގަޅުނޫން ކަންކަން ހުނާނެ، މިކަމާ ގުޅިގެން މަކުނުދޫ މީހުންގެ ހޭލުންތެރިކަމާމެދު ސުވާލު އުފެދޭނެ ޖާގަ އެބައޮތް، ގިނަ ރައްރަށުގެ މީހުންނަށް މިފަދަކަންކަން މިފަދަ ޒަމާނެއްގައި ބަލައިގަންނަން ފަސޭހަވާނެހެން ހިއެއްނުވޭ

  2. ތީ ސަގާފަތެއްނޫން ތީ ޖެއްސުމަށް ކުރާކަމެއް ތިކަމެއް ކުރަނީ ތިރަށު އެކަންޏެއްވެސް ނޫން އީދު ކަހަލަ މަތް ދުވަހެއްގަ މީހުންނަށް ޖެއްސުން ކުރިމަކީ މަޖާކަމެއްނޫން

  3. ސަގާފަތުގަ އޮރިޔާމުން އިރެއްގަ އުޅުނޭކިޔާފަ މިހާރުވެސް އެކަން އެގޮތަށް ކުރީމަ ނުކުންނަ ނަތީޖާ ކަމަކުނުދާނެ، ބޯދާ ގޮތްތައް ދޫކޮށްލާ ތަހުޒީބުގޮތަށް ކޮށްގެން މާ ސަޅިވާނެ.

  4. ވަރަށް ނާތަހުޒީބު ސަގާފަތެއް. އިންޑިޔާ މީހުން ކުރާ ކަހަލަ މޮޔަ ކަމެއް

  5. ސަގާފަތެއްގެ ގޮތުގައި ކުރަންވާނީ ތަހުޒީބު ކަންކަން. ނާތަހުޒީބު ކަންކަމެއް ނޫން

  6. އީދަކީ ލިބޭ އުފަލެއް ތިކަން ކުރާބަޔަކަށް ކިތަންމެ މަޖާ ކަމަކަށް ތިކަން ވިޔަސް ގިނަބަޔަކަށް ތިކަމުގެ ސަބަބުން ވާނީ އުނދަގޫ ހެން ހީވަނީ އަނެކާޔާދޭތެރޭ ވިސްނަމާ އެންމެނަށް ކުލުނު ބަހައްޓާ އެތްބަޔަކު އަނެތްބައެތް ދެކެ ލޯބިވާން ދަސްކުރަން ވެއްޖެ! ލިވް އީޗް އަދަރ! ލަވް ޔޫ އޯލް!

  7. ދުއްވަާއެއްޗެހި ނެއްޒަމާނުގެ މަގުގެ މެދުގަ އެއްޗެއް ބެހެއްޓޭތީ ބެހެއްޓީ މިޒަމާނުގަ ނުބެހެއޓޭނެ ސަގާފަތެއްނޫން ތީ

  8. ވަރަށް ވިޔާނުދާ ޢަމަލެއް.. މަކުނުދޫ މީހުންގެ ހާދަ ގޮތެއް ނެތޭ.. ހިތުން ވަރަށް ގައްޑާކަމެއް.. ކަމުން ހަމަ ސުމެއް..

  9. މަށަކީ ވަރަށް އެއްޗެއް ނޭންގޭ މީހެއްކަމަށް ވިޔަށް މިކަންކުރާ މީހުންގެ ބޮލަށް ބޭސްކުރަން އެބަޖެހޭކަން މަށްވެސް އެނގޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި