މެންދުރަށް ފޮނިކޮށްލަން، ޗޮކްލެޓް މޫސް ޕުޑިން

35FCBD24-0331-4F9B-B2D2-69B3629CDB34

ބޭނުންވާ ތަކެތި

3 ޖޯޑު ވިޕިން ކްރީމް
1 ޕެކެޓް ފުލް ކްރީމް މިލްކު
1 ދަޅު ގެރިކިރު
2 ސަމްސާ ކޯން ފްލާ
1 ސަމްސާ ކޮކޯ
1 ސައި ސަމްސާ ވެނީލާ އެސެންސް
1 ޖޯޑު ޗޮކްލެޓް ގާނާފަ
1 ޖޯޑު ޑާކު ޗޮކްލެޓް، ގާނާފަ

ތައްޔާރު ކުރާނެގޮތް

ތެއްޔަކަށް 1 ޖޯޑު ކިރު އަޅާފަ ކޯންފުލާ ގިރާލާށެވެ. އެއަށްފަހު ކޮކޯ އަދި ގެރިކިރު އަޅާފަ ކައްކަމުން ޑާކު ޗޮކްލެޓް ވެސް އަޅަމުން ހާކަމުން ގެންދާށެވެ. އޮލަވީމާ އެސެންސް އަޅާފައި ހާކާލާފަައި އުނދުން މަތިން ބާލާށެވެ.

ވިޕިން ކްރީމް ވިޕް ކޮއްލާފައި މަޑު ފޮނި ރަހަ ލާވަރަށް ގެރިކިރު އަޅާފައި އެއްކޮށްލާށެވެ.

ޕުޑިން ސެޓް ކުރަން ބޭނުންވާ ތައްޓައް އަޅާލާފައި މައްޗަށް ވިޕްޑް ކްރީމް އަޅާލާފައި ގާނާފަ ބެހެއްޓި ޗޮކްލެޓް މައްޗަށް އަޅާލާފަ ގާނިޝް ކޮށްލާށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *