ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގެ ދަތުރުހިޔާގައިވާ ހުސްބިމުގައި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހެދުމަށް ކުއްޔަށް ދޫކުރުމަށް ވަށަފަރު ކައުންސިލުން ނިންމައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 09 މެއި 2022 ވަނަ ދުވަހުގެ 11:00 ގައި ވަށަފަރު ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 15 މެއި 2022 ވަނަ ދުވަހުގެ 11:00 ގައި ވަށަފަރު ކައުންސިލް އިދާރާގައެވެ.

Ad
rt

މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަސް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުމަށާއި އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއެއް ހުށަހަޅަން ވަނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތް ކަމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ކަމުގައި ވަށަފަރު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.