ހދ.ވައިކަރަދޫ ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ.
އެރަށު ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެސަރަޙައްދުގައި މިހާރު ހުރި ރުއްގަސް ބުޑާއެކުނަގާ ބިންސާފު ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 އަންދާސީހިސާބު ހުށަހެޅުވުމަށް އެފަރާތުގެ އިޢުލާނުގައި ބުނެފައި ވެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުންމަށް އެފަރާތުގެ އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!