އިހަވަންދޫ ކުލްބް ޕޯލްސްޓާގެ 20 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

photo_2022-04-14_14-51-34

ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުލަބް ޕޯލްސްޓާ 20 ވަނަ ޤުރުއާން މުބާރާތް 1443" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 13 އޭޕްރިލް 2022 ވީ ބުދަ ދުވަހުން ފެށިގެން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، މުބާރާތުގައު ބައިވެރިވުމަށް ތިރީގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޮނުވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ.

ފޯމް: https://forms.gle/w2Yi58QZw6gTGsAz7

މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އިހަވަންދޫގެ ކުދިބޮޑު އެންމެންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ރީތިކޮށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫޙު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމާއި، ޤުރުއާން ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމުގެ އިތުރުން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް އިހަވަންދޫގައި އުފެއްދުން ހިމެނެއެވެ.

މި މުބާރާތް ބަހާލާފައި ވަނީ ދެބަޔަކަށެވެ. އެއީ ހާއްސަ ބަޔާއި، އާންމު ބަޔެވެ. ހާއްސަބައި ހާއްސަ ކޮށްފައި ވަނީ އުމުރުން 8 އަހަރުން ދަށުގެ ކުދީންނަށެވެ. އާންމުބައި ބަޔަކީ ހުރިހާ އުމުރުފުރަޔަކަށް ވެސް ފުރުސަތު ދީފައިވާ ބަޔެކެވެ. މި މުބާރާތުގައި ދެ ގޮތްޕަކަށް ކިޔެވުން ބަހާލާފަ ވެއެވެ. އެއީ ހިތުން ކިޔެވުމުގެ ގޮތްޕާއި ފޮތުން ކިޔެވުމުގެ ގޮތްޕެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިއަކަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށް 3000 (ތިންހާސް ރުފިޔާ) އަދި ތިންވަނައަށް 2000 (ދެހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިހަވަންދޫ ކުލަބް ޕޯލްސްޓާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިހިނގާ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައެވެ. މިއީ އިހަވަންދޫގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެންމެ ގިނަ ދުވަސްވީ ޤުރުއާން މުބާރާތެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި