ހއ. ދިއްދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ޕެކް ދީފިއެވެ.
މިގޮތުން ގަދަ 10 އަށް ހޮވުނު ކޮންމެ ބައިވެރިއަކަށް އެ ކޮމެޓީން ހަދިޔާ ޕެކެއް ދީފައިވާއިރު، އެ ކޮމެޓީން ވަނީ އެ ބައިވެރިންނަށް ކާމިޔާބަށް އެދޭކަމަށް ބުނެފައެވެ.
މިއީ އެ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކޮމެޓީން ދީފައިވާ ހަދިޔާ ޕެކް ތަކެކެވެ.
މުބާރާތުގެ ދެވަނަ ބުރަށް ހޮވިފައިވާ ބައިވެރިންނަކީ:
- ޢާއިޝަތު އަސްމާ އަޙްމަދު، އަސްރަފީގެ/ ހއ.ދިއްދޫ
- ޢަބްދުﷲ ޒައިން ބިން މުޙައްމަދު، ޝެހެނާއީ/ ހއ.ދިއްދޫ
- ޢާއިޝަތު ރީސް ނަސީމް، ވައްޓަރު. ހއ.ދިއްދޫ
- އާމިނަތު ޝިޢުރާ އިބްރާހީމް، ޝެހެނާވިލާ/ ހއ.ދިއްދޫ
- ޢާއިޝަތު ޝައުރާ މުޙައްމަދު، ޝެހެނާވިލާ/ ހއ.ދިއްދޫ
- އާމިނަތު ޝާޔާ މުޙާއްމަދު ޝާހިދު، މާގަލަ/ ހދ.ދިއްދޫ
- މަރްޔަމް އަޒާ އާދިލް، ޖީޒާ/ ހއ.ދިއްދޫ
- ބައްސާމާ ސުލައިމާން، ފުނަކުރި/ ހއ.ދިއްދޫ
- ހުސައިން ޝަހުބާން، މީނާޒް/ ހދ.ދިއްދޫ
- މަރްޔަމް ނާޔާ އަޙްމަދު، އަސްރިފާހައުސް/ ހއ.ދިއްދޫ
މި މުބާރާތުގެ ދެ ވަނަ ބުރުގެ ކިޔެވުން އިއްޔެ ފެށިފައިވާއިރު މިއަދުގެ ނިޔަލަށް މި ބުރުގެ ކިޔެވުން ނިމޭނެއެވެ.
މުބާރާތުގެ ދެވަނަ ބުރުން ފައިނަލް ބުރަށް ކޮލިފައިވާނީ، ދެވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 5 ބައިވެރިންނެވެ. ވުމާއެކު ދެވަނަ ބުރުގައި މުބާރާތުގެ (6،7،8،9،10،) ވަނައަށް އަންނަ ބައިވެރިން ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!