އިންޑިޔާގެ އަވަށެއްގައި ހިލޭ މެޑިކަލް ޗެކްއަޕް ހައްދައިދިން ކުންފުންޏަކުން އެތަނަށް ދިޔަ ކަސްޓަމަރުންގެ އައިޑެންޓިޓީ ބޭނުންކޮށްގެން ލޯންތަކެއް ނަގާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ، ދެ ކުންފުންޏަކުން ހިލޭ މެޑިކަލް ޗެކްއަޕް ކޭމްޕެއް ބާއްވާ 287 މީހެއްގެ ނަމުގައި ބޭންކްއިން ލޯންތަކެއް ވަނީ ނަގާފައިވާ ކަމަށެވެ. ހިލޭ މެޑިކަލް ޗެކްއަޕް ހެދުމަށްކަމަށް ބުނެ އެމީހުންގެ މުޙިއްމު ބައެއް ލިޔެކިޔުންތަކާއި އައިޑީ ކާޑްގެ ކޮޕީ ހޯދާފައިވާކަމަށް ފުލުހުން ކޮށްފައިވާ ތަހުޤީގުތަކުން އެނގިފައިވެއެވެ.

Ad
rt

މަކަރު ހަދައިގެން 287 މީހުންގެ ނަމުގައި ބޭންކުން ލޯން ނަގާފައިވާ މައްސަލަ ފެންމަތިވެފައިވަނީ ލޯންގެ ފައިސާ އަނބުރާ ބޭންކަަށް ނުދެއްކުމާއި ގުޅިގެން ފައިނޭންސް ކުންފުންޏަކުން ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި އެކުގައެވެ. ކުންފުންޏަށް ދީފައިވާ ނަންބަރާއި ނުގުޅުމުން އެމީހުންގެ މައްސަލަ ފުލުހުން މެދުވެރިކޮށް އެކުންފުނިން ބަލަން ފެށިއެވެ. އަދި ކުންފުނިން ދީފައިވާ މަޢުލޫމާތުތަކާއި އެކު 287 މީހުންނާއި ބެހޭ މަޢުލޫމާތު ހޯދައި ފުލުހުން މައްސަލަ ވަނީ ތަހުޤީގުކޮށްފައެވެ.

ތަހުޤީގުތަކުގައި މި 287 މީހުންވެސް ބުނެފައިވަނީ އެމީހުން އެ ދެ ކުންފުނިން ލޯން ނަގާފައި ނުވާކަމަށާއި އެމީހުން އެފަދަ މުޙިއްމު ލިޔެކިޔުންތައް ހަވާލުކޮށްފައިވާނީ ހިލޭ މެޑިކަލް ޗެކްއަޕް ހެދި މީހުންނާއި ކަމަށެވެ.

އެމީހުން ދީފައިވާ މަޢުލޫމާތުތަކާއި އެކު ފުލުހުން ވަނީ މެޑިކަލް ކޭމްޕް ހިންގި މީހުންނާއި ބެހޭ ތަހުޤީގުތަކެއް ހިންގައި އެ ދެ ކުންފުނީގެ މަޢުލޫމާތުތައް ހޯދާފައެވެ.

އެގޮތުން މި މަކަރު ހަދަައި އޮޅުވާލުމުގައި ބައިވެރިވެފައިވަނީ އިންޑިއާގެ ދެ ކުންފުންޏެއްކަމަށްވާ މެޑިރެކްސް ހެލްތްކެއާ އަދި ރިސާޗް ޕްރައިވެޓް ލިމިޓެޑް ކުންފުނިންނެވެ. މިއީ 2018 އަދި 2019 ވަނަ އަހަރު ފައިނޭންސް ކުންފުންޏަކާއި ގުޅިގެން މި ދެ ކުންފުނީގައި ހިމެނޭ 6 މުވައްޒަފަކު ހިންގާފައިވާ ޖަރީމާއެކެވެ.

އެމީހުން ވަނީ މެޑިކަލް ޗެކްއަޕް ހަދަން ގޮސްފައިވާ މީހުންގެ މުހިންމު ލިޔެކިޔުންތައް ބޭނުންކޮށްގެން 1.5 މިލިއަން ރުޕީޒްގެ ލޯންތަކެއް ނަގާފައެވެ. އަދި ލޯން ނެގުމަށްފަހު ކުންފުނި ބަންދުކޮށް އެކަން ކޮށްފައިވާ ކުންފުނިތަކުގެ މީހުން ވަނީ ފިލާފައެވެ. ލޯންތައް ނެގުމުގައި އެމީހުން ވަނީ އެ މީހުންގެ ނަމުގައި ސިމްތަކެއްވެސް ނަގާފައެވެ. އެ ސިމްތައް ބޭނުންކޮށްގެން ބޭންކާއި މުޢާމަލާތްތައްކޮށްފައިވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ލޯންގެ ފައިސާ ނުދެއްކުމާއި އެމީހުންގެ ފައިނޭންސް ކުންފުންޏަށްދީފައިވާ ނަންބަރަށް ނުގުޅުމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވަނީ މިގޮތަށް ހިލޭ މެޑިކަލް ޗެކްއަޕްތަކާއި އެ ނޫންވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ބާއްވާ ކަންތައްތަކުގައި ބައިވެރިވާ ރައްޔިތުން އެމީހުންގެ މުޙިއްމު ލިޔެކިޔުންތަކާއި އައިޑީ ކާޑް ބޭނުންކުރުމުގައި އިތުރަށް ސަމާލްވުމަށް އިލްތިމާސް ކޮށްފައެވެ.