ލޯ މެޑަލް ހޯދި ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އަދި އޮފިޝަލަކަށް 20،000 ރުފިޔާ ދެނީ

CF3BB22C-BB1F-49F4-9404-F79F0B037A1C

ސާފް ޗެމްޕިއަންޝިޕު 19 އަހަރުން ދަށުގެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށާއި އޮފިޝަލަކަށް ބޯނަހެއްގެ ގޮތުގައި 20،000 ރުފިޔާ ދޭން ސްޕޯޓްސް ކައުންސިލުން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ޒުވާން ގައުމީ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ވަނީ އެ މުބާރާތުގައި ހޯދި ކާމިޔާބީގެ ބަދަލުގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ކަން އިއުލާން ކޮށްފަ އެވެ.

މަހްލޫފް ވިދާޅުވީ، ޗައިނާ މެޗުގައި ރާއްޖޭގެ ޒުވާން ޓީމު ޑްރޯއެއް ކޮށްލައިގެން ވިޔަސް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ބުނުމުން އެކަން ގިނަ ބަޔަކު ނެގީ ގޯސް ވިސްނުމެއްގައި ކަމަށެވެ. އެއްބަޔަކު އެކަމާ ގުޅުވައިގެން ދައްކަމުން ދިޔައީ އެ ފައިސާ ހާލުގައި ޖެހިފައި ތިބި ބަޔަކަށް ދިނިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ކުޅިވަރާ ބެހޭ މެންޑޭޓުގައި ނުހިމެނޭ އެއްވެސް ކަމަކަށް ހަރަދު ނުކުރާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"އަޅުގަނޑު ކިތަންމެ ބޭނުން ވިޔަސް ކިހިނެތްތޯ ކުޅިވަރުގެ ބަޖެޓުން އެހެން ކަން ކަމަށް ޚަރަދު ކުރާނީ. އަޅުގަނޑަށް ސަރުކާރުން ހަރަދު ކުރެވޭނީ ހަމައެކަނި ކުޅިވަރުގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކަށް. އެއީ އަޅުގަނޑާ ހަވާލުކުރައްވާފައި އޮތް މައްސޫލިއްޔަތު، މި މުބާރާތުގައި (ސާފް ޗެމްޕިއަންޝިޕުގެ އޭޖު ކެޓަގަރީ މުބާރަތް) ބްރޯންޒް މެޑަލް ހޯދައިފި ނަމަ ކޮންމެ ކުޅުންތެރިޔަކަށް ކުރިން ދޭން ނިންމާފައި ވަނީ 5،000 ރުފިޔާ. އެކަމަކު މިހާރު އެކުޅުންތެރިންނަށް ލިބޭނެ 20،000 ރުފިޔާ "

މަހްލޫފް ވިދާޅުވި އެވެ

 

މަޙަލޫފް ވިދާޅުވީ، މީގެ ކުރިން ސާފް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދީމަ ވެސް ކުޅުންތެރިންނަށް ދީފައިވަނީ 35،000 ރުފިޔާ ކަމަށާއި އެއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތާ އެއްހަމަ އަދަދެއް ނޫންކަން ފާހަގަ ކުރައްވަމުން މަހްލޫފް ވިދާޅުވީ ކުޅިވަރާ ބެހޭ މަޖިލީހުން މިހާރު ނިންމާފައި ވަނީ އެފަދަ ކާމިޔާބީއަކަށް 250،000 ދިނުމަށް ކަމަށެވެ.

މިބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ގައުމީ ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *