ލީޑިން އޯލް އިންކުލޫސިވް ރިސޯޓަކަށް ސެންޓާރާ ރަސްފުށި

744A0B7A-C384-4E81-94D2-45DDB5C07779

ދެކުނު އޭޝިއާގެ ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ، ހަތަރު ވަނަ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް 2019 (ސަޓާ) ގެ ލީޑިން އޯލް އިންކުލޫސިވް ރިސޯޓަކަށް ރާއްޖޭގެ ސެންޓާރާ ރަސްފުށި ރިސޯޓު އެންޑް ސްޕާ ހޮވިއްޖެއެވެ.

މިއަހަރުގެ ސަޓާ އެވާޑަށް އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ފަރާތްތަކުން ނޮމިނޭޓް ވެފައިވެއެވެ. އެގޮތުން ސަޓާގެ މެމްބަރު 6 ގައުމު ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭސް، ބޫޓާން އަދި ނޭޕާލް ބައިވެރިވާ ސަޓާ އެވޯޑު ތަކުގެ ހައްގުވެރިން ހޮވަނީ ޖަޖުންގެ މާކުހުންނާއި އޮންލައިންކޮށް ކަސްޓަމަރުންދޭ ވޯޓާއި އިންޑަސްޓްރީ ތަމްސީލް ކުރާ ފާރާތްތަކުގެ ވޯޓުންނެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް އެވޯޑު ހަފްލާ އިންތިޒާމްކުރާ ރާއްޖޭގެ ހައިރައިޒް ކުންފުނިން މިއަހަރަށް އެކުލަވާލި ޖަޖުންގެ ޕެނަލްގައި ހިމެނެނީ ސްރީލަންކާގެ ޓޫރިޒަމްގެ ދާއިރަގައި ހަރަކާތްރިވެލައްވާ އަމާލް ގޫނެޓިއްލެކެ އާއި ގްލޯބަލް ޖާނަލިޒަމްގެ ދާއިރާއިން މަތީތައުލީމު ހާސިލު ކުރައްވާ ޓްރެވަލްގެ ދާއިރާ އާއި ގުޅޭ ގިނަ ލިޔުންތަކެއް ޝާޢިއު ކުރައްވާފައިވާ އިންޑިއާ އަށް ނިސްބަތްވާ ރީކޫ މަދަން އަދި ބޫޓާންގެ ހޮޓެލް އެންޑް ރެސްޓޯރެންޓު އެސޯސިއޭޝަނުގެ އެކްޒެކެޓިވް ޑިރެކްޓަރު ސަންގީތާ ރާނާ އަދި ރާއްޖޭގެ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އަބްދުﷲ ސުއޫދެވެ.

މިއީ ޖެހިޖެހިގެން ސަޓާ އެވޯޑު ރަސްފުށި ރިސޯޓުން ހޯދި 2 ވަނަ އަހަރެވެ. 2018 ވަނަ އަހަރު ލީޑިން އެފްއެންބީ ރިސޯޓަކަށް ހޮވިފައިވަނީ ރަސްފުށި ރިސޯޓެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓޫރިޒަމް އިންޑަސްޓްރީގެ ގޮތުގައި ރާއްޖޭގެ ސިނާއަތް މަޝްހޫރުވެފައިވާ އިރު، މިއަހަރުވެސް ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ވަނީ ހުޅުވާފައެވެ.އެގޮތުން ބޭރުގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކާއި ހޮޓާތައް ހިންގާ ބްރޭންޑުތައް ވެސް ފާހަގަކޮށްލެވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި