ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި "ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020'' ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ށ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަނެއްކާވެސް ފުނަދޫ ކައުންސިލް ހޮވިއްޖެއެވެ.
2019 ވަނަ އަހަރު ވެސް އެ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައި ވަނީ އެ ކައުންސިލެވެ.
މިކާމިޔާބާއެކު ފުނަދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ ކުރީ ދައުރާއި، މި ދައުރުގެ ކައުންސިލް މެންބަރުންނަށާއި، ކައުންސިލްގެ މުވައްޒަފުންނަށް މަރުޙަބާ ކިޔާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ވުޖޫދުވެ، ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރެވުމާއި ގުޅިގެން ލޯކަލް ކައުންސިލްތައް އުފެދި، އެކައުންސިލްތަކުގެ ހަރަކާތްތައް ވަނީ ހިންގަން ފަށާފައެވެ. އެކައުންސިލްތަކުގެ މަސައްކަތް މޮނީޓާކޮށް، ކައުންސިލްތަކަށް އެހީތެރިވެދީ، ފަންނީ އެހީ ފޯރުކޮށްދިނުމަކީ އެލްޖީއޭގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ލާމަރުކަޒީ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން ގާނޫނުން އެލްޖީއޭއާއި މަތިކޮށްފައިވާ މި ޒިންމާ އަދާކުރުމަށްޓަކައި ކައުންސިލް މަސައްކަތުގެ ފެންވަރު ދެނެގަނެ، މަސައްކަތްތައް މޮނީޓާކޮށް، އަދި ވިލަރެސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން އެލްޖީއޭ އިން އަންނަނީ ކައުންސިލްތައް މޮނީޓާކޮށް ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ދިރާސާކޮށް، އެމައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
2020 ވަނަ އަހަރު ށ. އަތޮޅުގެ ރޭންކިން
- ފުނަދޫ ކައުންސިލް
- ގޮއިދޫ ކައުންސިލް
- ކަނޑިތީމު ކައުންސިލް
- ޅައިމަގު ކައުންސިލް
- ކޮމަންޑޫ ކައުންސިލް
- ނަރުދޫ ކައުންސިލް
- ބިލެތްފަހީ ކައުންސިލް
- މިލަންދޫ ކައުންސިލް
- ފޭދޫ ކައުންސިލް
- މާއުނގޫދޫ ކައުންސިލް
- މަރޮށީ ކައުންސިލް
- ފީވަކު ކައުންސިލް
- ނޫމަރާ ކައުންސިލް
- ފޯކައިދޫ ކައުންސިލް
2019 ވަނަ އަހަރު ށ. އަތޮޅުގެ ރޭންކިން
- ފުނަދޫ ކައުންސިލް
- ފޯކައިދޫ ކައުންސިލް
- ގޮއިދޫ ކައުންސިލް
- ޅައިމަގު ކައުންސިލް
- ނަރުދޫ ކައުންސިލް
- ބިލެތްފަހީ ކައުންސިލް
- ކޮމަންޑޫ ކައުންސިލް
- މަރޮށީ ކައުންސިލް
- މިލަންދޫ ކައުންސިލް
- ކަނޑިތީމު ކައުންސިލް
- މާއުނގޫދޫ ކައުންސިލް
- ފޭދޫ ކައުންސިލް
- ނޫމަރާ ކައުންސިލް
- ފީވަކު ކައުންސިލް
ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް ވަޒަން ކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ މިންގަނޑެކެވެ. ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް އެލްޖީއޭއިން ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕާފޯމަންސް މޮނީޓާކޮށް ރޭންކް ކުރެވެމުން ގެންދެއެވެ.
މިގޮތަށް ކައުންސިލްތައް ރޭންކް ކުރަމުން ދަނީ ކައުންސިލް ޕާފޯމަންސަށް ބަލައި އެންމެ މަތިން ޕޮއިންޓް ހޯދާ ކައުންސިލުން ފެށިގެން ތަރުތީބުވާ އުސޫލުންނެވެ. މި އިންޑެކްސްއިން ލިބޭ ނަތީޖާއަށް ބަލައި ކައުންސިލްތައް ރޭންކް ކުރުމުގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓް ކަނޑައެޅުމުގައިވެސް ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް މުހިއްމު ދައުރެއް އަދާކުރާނެކަމަށް އެލްޖީއޭއިން ބުނެފަވެއެވެ.
ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ރޭންކިންގ ކަނޑައެޅުމަށްޓަކައި، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަމުގައި ޚާއްސަ އިންޑެކްސްއެއް ތަޢާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!