ހދ ކުރިނބީގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް މިރޭ އަންނާނެ ކަމަށް އެމްޑީޕީ ކުރިނބީން ހާމަކޮށްފިއެވެ.

އެމްޑީޕީ ކުރިނބީގެ އޮފިސަލް ޓްވިޓަރ އެކައުންޓުން އޮކްޓޫބަރ 12 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީގެ ވަރަށް ޚާއްސަ އިވެންޓެއް މިރޭ 21:00 ގައި އަލަށް ހަދާފައިވާ ކުރިނބީ އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށެވެ.

Ad
rt

އަދި މިރޭ ކުރިނބީގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެކަމަށްވެސް އެޓްވީޓުގައި ބުނެފައިވެއެވެ. މި އިވެންޓުގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ކުރިނބީގައި އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު ވިދާޅުވީ މިރޭގެ އިވެންޓުގައި ސަޕްރައިޒިން އައިޓަމެއް އިންނާނެ ކަމަށާއި މިއިވެންޓަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މިއީ "ކައުންސިލް އިންތިހާބަށް ވޯމްއަޕެއް" ކަމަށްވެސް އެފަރާތުން ހާމަކުރެއްވިއެވެ.

ކުރިނބީއަކީ ޕީޕީއެމް އާއި އެމްޑީޕީގެ ވާދަވެރިކަން ވަރަށް ބޮޑު ދެކޮޅަށްވެސް ވަރަށް ހަމަހަމަކޮށް އޮންނަ ރަށެކެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި ވަރަށް ފޯރިގަދަ ރަށެކެވެ.