ދިރާގުގެ ބައެއް ނަންބަރުތަކުން ގުޅުމާއި ޑާޓާ ލިބުމުގައި އަނެއްކާވެސް ދަތިތަކެއް ދިމާވެއްޖެއެވެ.

ދިރާގުން ކުރި ޓްވީޓެއްގައި ބުނީ ބައެއް ކަސްޓަމަރުންނަށް ވޮއިސް ކޯލް ކުރުމުގައި އަދި ޑާޓާ ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލަ ދިމާވާން ޖެހުނު ސަބަބެއް ހާމަ އެއް ނުކުރެއެވެ.

Ad
rt

މި މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަށް އަލުން ހިދުމަތް ދެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މިމަހުގެ 13 ވަނަ ދުވަހުވެސް ދިރާގުގެ ނަންބަރު ތަކަށް ގުޅުމުގައި ވަނީ ދަތިތަކެއް ދިމާވެ ހަ ގަޑިއިރަށްވުރެ ގިނަ އިރު ވެގެން ދިޔަ އެވެ.