ދިރާގުގެ ބައެއް ނަންބަރުތަކުން ގުޅުމުގައި ދަތިތަކެއް ދިމާވެއްޖެއެވެ.
މި ދަތިތައް ދިމާވިތާ ހަ ގަޑިއިރަށްވުރެ ގިނަ އިރު ވެއްޖެއެވެ. އަދިވެސް އެ ކުންފުނިން މި މައްސަލަ ހައްލެއް ނުކުރެއެވެ.
ދިރާގުން ކުރި ޓްވީޓެއްގައި ބުނީ ބައެއް ކަސްޓަމަރުންނަށް ވޮއިސް ކޯލް ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލަ ދިމާވާން ޖެހުނު ސަބަބެއް ހާމަ އެއް ނުކުރެއެވެ.
މި މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަށް އަލުން ހިދުމަތް ދެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މި މައްސަލަ ދިމާވެފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!