ހއ. އިހަވަންދޫއިން ބަންޑާރަގޯތި ދޫކުރާފޯމް ބަލައިގަތުމުގެ ވަގުތު އިތުރުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 248-CAA/248/2019/90 އިޢުލާނުގައި ގޯތި ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން 10 އޮކްޓޯބަރު 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން ފޯމް ބަލައި ގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ފޯމް ބަލައިގަތުމަށް އިތުރު ކުރެވުނު ގަޑި ތަކަކީ
- 10 އޮކްޓޯބަރު 2019 ވަނަދުވަހުގެރޭ 20:30 އިން 22:00 އަށް
- 12 އޮކްޓޯބަރު 2019 ވަނަ ދުވަހު ( ހޮނިހިރު ) 10:00 އިން 14:00 އަށް އަދި ރޭގަނޑު 20:30 ން 22:00އަށް
- 13 އޮކްޓޯބަރު 2019 ވަނަދުވަހުގެރޭ 20:30 އިން 22:00 އަށް
- 14 އޮކްޓޯބަރު 2019 ވަނަދުވަހުގޭ 20:30 އިން 22:00 އަށް
- ރަސްމީ ދުވަހު މެންދުރު 12:00 އިން 14:00 އަށް ( 14 އޮކްޓޯބަރު 2019 ވާ ހޯމަދުވަހުގެރޭ 20:00 ން 22:00 ގެ ނިޔަލަށް )
މިގޮތަށް ހަމަޖައްސާފައި އެވަނީ ގޯތިދޫކުރުމަށް ކުރެވިފައިވާ އިޢުލާނުގެ މުއްދަތު ކައިރިވުމާއި ގުޅިގެން ފޯމް ހުށަހަޅުއްވައި ފަރާތްތަކަށް ފަސޭހަކޮށްދިނުމަށްކަމަށާއި އިތުރު ފުރުޞަތު ދިނުމަށްކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!