•  
  •  
  •  
  •  
  •  
  •  

ހދ.ކުރިނބީ ފުޓްސަލްދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 15ސެޕްޓެމްބަރ 2019 ގައި އެއިދާރާގެ ނަންބަރ 265/265/2019/34 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކޮށްފިއެވެ.

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 10:30 ށް ހދ.ކުރިނބީ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށް ފަހު 20 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:30ށް އަންދާސީހިސާބު ހުށަހެޅުމަށް އެޢިއުލާނުގައި ބުނެފައިވެއެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލުތައް ވެސް ވަނީ އިޢުލާނުގައި ބަޔާން ކޮށްފައެވެ.އެގޮތުން ޕޮއިންޓު ދެވޭނީ ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، ތަޖުރިބާއަށް 10 ޕޮއިންޓުގެ އުސޫލުން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ

މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވަންވާނީ އެކަން ބަޔާންކޮށްފައިވާ ސިޓީ އަކާއި އެކު ކަމަށް ވެސް އެފަރާތުގެ އިޢުލާނުގައި ބުނެފައިވެއެވެ.

ޚިޔާލު

Your email address will not be published.