ށ. ނޫމަރާގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަޚްލޫފް ވަނީ އެރަށުގައި ކުރިއަށްދާ ޔޫތު މިނިސްޓަރީއާއި ގުޅުންހުރި މަޝްރޫޢުތައް ބައްލަވާލެއްވުމަށް މިމަހުގެ 27 ވަަނަ ދުވަހު އެރަށަށް ދަތުރެއް ކުރަށްވާފައެވެ.
ނޫމަރާ ކައުންސިލުން ވިދާޅުވި ގޮތުގައި އެ ދަތުރުގައި މިނިސްޓަރު މަޚްލޫފް ވަނީ އެރަށުގައި ރަނގަޅުފެންވަރުގެ ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ކަސްރަތުކުރާނޭ އިންޑޯ އަދި އައުޓް-ޑޯ ޖިމެއް ހެދުމަށް އިތުރު މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށާއި، މީގެއިތުރުން އެރަށުގެ މަޝްރޫޢުތައް ވަރަށް ގާތުން ބައްލަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ މަހްލޫފް ދެއްވި ކަމަށް ނޫމަރާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރުގެ ދަތުރު ފުޅުގައި ށ އަތޮޅު ގިނަ ރަށްތަކަކަށް ވަނީ ޒިޔާރަށް ކުރަށްވާފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގައި އެމިނިސްޓްރީގެ ފަރާތުން ފަށާފައިވާ މަޝްރޫޢުތައް ވަނީ ބައްލަވާލައްވާފައެވެ. އަދި ކުރިއަށް ހުރި މަޝްރޫޢުތަކާއި ގުޅިގެން އެރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންގޮއްސައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!