ހދ.ނެއްލައިދޫ ކޮމިއުނިޓީ ޕާކް ސަރަޙައްދުގައި ހުރި އިމާރާތް ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
އެފަރާތުން ކުރި އިޢުލާން ގައި ބުނެފައިވަނީ ކޮމިއުނިޓީ ޕާކް ސަރަޙައްދުގައި ހުރި އިމާރާތް ވިޔަފާރިކުރުމަށް 10 އަހަރު ދުވަހަށްކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި އިމާރާތުގެ ކުލި މަހަކު 500 ރުފިޔާއަށްވުރެން ދަށް ވެގެން ނުވާނެކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00 ގައި އެ އިދާރާއަށް ދުރުވެ ސިޓީއަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އެކައުންސިލްގެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުން އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައި ކަމަށް ވެސް އިޢުލާނުގައި ބުނެފައިވެއެވެ.އަދި އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އިސްކަންދެވޭނެ ކަމަށްވެސް އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް އެއިދާރައިގެ 6520041 ނަމްބަރާއި ގުޅާ މައުލޫމަތު ސާފުކުރުމަށް ވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!