ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު

Nukulhedhuntherikan meehunna behey council

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ހުޅުވާލައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ބޭއް މި އިންތިޚާބަށް 4 ދާއިރަކުން މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިކަމަށް ކުރި ޢިއުލާންގައި ބުނެފަވެއެވެ.

އެދާއިރާތަކަކީ:

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް
  • ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ
    މެންބަރެއް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް
    ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރެއް

މި އިންތީޚާބުތަކަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ބަލައިގަންނަމުން ދާނެ ކަމަަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. ފޯމް ހުށައަޅަން ޖެހެނީ އެމިނިސްޓްރީގެ މެއިލް އެޑްރެސް (gender.gov.mvadisability) އަށެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިފެށޭ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއް. ހިތާމަޔަކީ އެންމެފަހުންވެސް އެމްބެސެޑަރަކަށްހުރި ހިސާން އެކުދިންގެ ތެރެއިން ކުއްޖަކާއި ނަހަމަގުޅުން ހިންގައި އަދި އޭގައި މަތިއަޅުވަން އެކުއްޖަ ގޮވައިގެން މިރާއްޖެއިން ވެސް ބޭރުގައި ދިރިއުޅޭތީ.

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި