ށ. މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އިންތިޒާމުކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ފެށުމަށް ނިންމައިފިއެވެ.
މަރޮށި ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ކޯސް ފެށުމަށް ހަމަޖެހިގައި ވަނީ މި ފެށޭ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
އެގޮތުން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންހެނުންގެ ކޮމިޓީގެ ރައީސާ މާޖިދާ ޙުސައިން 9674633 ނުވަތަ ކައުންސިލަރ ނުހާ ޒާހިރު 9674633 އަށް ތަފްސީލް (ނަން، ދާއިމީ އެޑްރެސް، އައިޑީކާޑް ނަންބަރ، ފޯނު ނަންބަރ) މެސެޖު ކުރައްވައިގެން ނަންނޯޓުކުރެއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ.
މި ކޯހުގައި ބައިވެރިވާ ފަރާތްތަކުން 200 ރުފިޔާ ފީއެއް ދައްކަވަން ޖެހެއެވެ. 7 ދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގެ އަމަލީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޯސް ހިންގާ ފަރާތުންނެވެ.
ކޯހާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްްވާ ފަރާތްތަކުން 9674633 ނުވަތަ 9674633 ގުޅުއްވުމަށް އެކައުންސިލުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!