ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމްޕެޓިޝަން ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.
ސްވިމް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ސްވިމިންގ އެސޯސިއޭޝަންގެ ފަރާރުން ބުނީ މިފަދަ މުބާރާތްތަކުގެ ބޭނުމަކީ ރާއްޖެއަކީ ފެތުންތެރިން ގިނަ ގައުމަކަށް ހެދުން ކަމުގައެވެ.
މިމުބާރާތުގެ ތެރެއިން ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން މެންދުރު 11:00 އަށް އެކި އިވެންޓްތައް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށާއި ފެތުމުގެ މުބާރާތް ނިންމާ ކޮންމެ ފަރާތަކަށް މެޑަލްއެއް ލިބޭނެ ކަމަށްވެސް ސްވިމިންގެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން މި މުބާރާތުގައި ޖުމްލަ 198 ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި މި މުބާރާތް އޮންނާނީ ރަސްފަންނު ބޭރު ސަރަހައްދު ކަނޑުގައި ކަމަށާއި އަދި ފަތަން ޖެހެނީ ކަނޑުގައި ކަމުން ކޮންމެ ބައިވެރިއަކަށްވެސް ގައިގައި އައްސައިގެން ފެތޭ ގޮތަށް ޑިޒައިން ކޮށްފައިވާ ބޮއެއް ލިބޭނެ ކަމަށްވެސް ސްވިމިންގެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.
މި މުބާރާތް އޯގަނައިޒް ކުރަނީ ސުވިމް މޯލްޑިވްސްއިންނެވެ. އަދި މުބާރާތުގެ މެއިން ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!