2018 ވަނަ ހދ. ނައިވާދޫ ސްކޫލުގެ ހުރިހާގޮތުން އެންމެ މޮޅު ދަރިވަރަކަށް، ނައިވާދޫ ސްކޫލްގެ 2018 ވަމަ އަހަރުގެ ގްރޭޑް 10 ގެ ދަރިވަރު ފާތިމަތު އިނާޝާ އާދަމް (މޫނިމާގެ، ހދ. ނައިވާދޫ) ހޮވިއްޖެ އެވެ. 2018 ވަނަ އަހަރުގެ ނައިވާދޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ، ނައިވާދޫ ސްކޫލު ހޯލުގައެވެ.

މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. މިޖަލްސާގައި، އަފީފުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަޒްނާ އިބަރާޙީމާއި، ނައިވާދޫ ސްކޫލްގެ ޕްރިންސިޕަލް ޢަލީ ޝަރީފާއި އަދި ނައިވާދޫ ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންގެ އިތިރުން ނައިވާދޫގެ އެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

Ad
rt

މިއަހަރަކީ ނައިވާދޫ ސްކޫލްގެ ގޯލްޑަން ޖުބްލީ އަހަރެވެ. ނައިވާދޫ ސްކޫލްގެ ގޯލްޑަން ޖުބްލީގެ ޙަރަކާތްތައް ކުލަ ގަދަކޮށް ފާހަގަކުރުމަށް މަސައްކަތްކުރައްވަމުން ދެންދަވާ ކަމަށް ނައިވާދޫ ސްކޫލްގެ ޕްރިންސިޕަލް ޢަލީ ޝަރީފު ތިލަދުންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި 2019 ވަނަ އަހަރު ނައިވާދޫ ސްކޫލްގެ ނަތީޖާ ނިމިދިޔަ އަހަރަށްވުރެ ރަނގަޅު ކުރުމަށް ބުރަމަސައްކަތެއް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމަށް ވަރަށްބޮޑު އުންމީދެއް ކުރައްވާކަމަށް ޕްރިންސިޕަލް ޢަލީ ވިދާޅުވިއެވެ.

ނައިވާދޫ ސްކޫލްގެ ޕްރިންސިޕަލް ޢަލީ ޝަރީފް އިތުރަށް ވިދާޅުވީ، ނައިވާދޫ ސްކޫލްގެ ކުރިއެރުމަށް މިނިސްޓްރީ އޮފް އެޑިއުކެޝަން އާއި ސަރުކާރާއި ނައިވާދޫގެ މުއައްސަސާތަކުން ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށާއި، އަދި ވަކިން ޚާއްސަކޮށް ނައިވާދޫ ސްކޫލްގެ ހީވާގި މުދައްރިސުންނާއި، މުވައްޒަފުންނާއި، ނައިވާދޫ ސްކޫލްގެ ބެލެނިވެރިން ކުރައްވާ ހީވާގި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.