މަލިކު ކައިރިން ހިފެހެއްޓި "އަންބަރީ" މަސްދޯނި ދޫކޮށްލައިފި

32EA9300-4041-443E-ABD7-B614C179B3B4

އިންޑިއާ ކަނޑުގެ ސަރަހައްދު، މަލިކު ކައިރިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފި އެވެ.

ށ. ކޮމަންޑުއަށް ނިސްބަތްވާ އަންބަރީ ދޯނި މަލިކު ކައިރިން ހިފެހެއްޓީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެވެ. ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއާއި ގުޅައިގެން، އެދޯންޏާއި ދޯނީގެ ފަޅުވެރިން މިނިވަންކުރުމަށް ކުރި މަސައްކަތުން، މިއަދުގެ ވަގުތެއްގައި އެ ދޯންޏާއި، ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީ އިން ބުނީ އަންބަރީ ދޯންޏާއި އެ ދޯނީގެ ފަޅުވެރި ދޫކޮށްލުމަށްއެދި ފޮރިން މިނިސްޓްރީ އިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި އެދުނު ކަމަށާއި ދެ މިނިސްޓްރީ އިން ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ދޯންޏާއި ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލަން ނިންމައި އިންޑިއާ އިން އެކަން އެންގީ މިއަދު ކަމަށެވެ.

އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ހަރަކާތްތެރިވުމަކީ ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ކަމަށާއި އެފަދަ ކަންކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން ވަނީ މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ދިވެހި މަސްވެރި އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން މަލިކާއި ގާތްގަނޑަކަށް 3 މޭލު ކައިރިންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *