ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް އިއުލާންކޮށްގެން ކުރިޔަށް ގެންދިޔުމަށް ޔޫތް މިނިސްޓްރީއިން އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ.
ޔޫތް މިނިސްޓްރީއިން މިހެން ބުނެފައިވަނީ މިއަދު އެ މިނިސްޓްރީއިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ދިއްދޫގެ އިތުރުން ކ. މާފުށީގެ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް ވެސް އިއުލާންކޮށްގެން ކުރިޔަށް ގެންދިޔުމަށް ޔޫތް މިނިސްޓްރީއިން ވަނީ އެރަށު ކައުންސިލާއި ހަވާލުކޮށްފައެވެ.
ދިއްދޫ ޓާފް ދަނޑުގެ ޓާފް އަޅާ ނިމިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކީ މަސައްކަތް މަޑުޖެހިފައި ވީ ނަމަވެސް ފަހުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސްޕީޑްއާއި މެދު ހިތްހަމަ ޖެހޭ ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ފާހަގަ ކުރައްވާފައެވެ.
ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް އިއުލާންކޮށްގެން ކުރިޔަށްގެންދިޔުމަށް ދިއްދޫ ކައުންސިލާއި ވަނީ ހަވާލުކޮށްފައި. pic.twitter.com/PlHpplgANS
— Ministry of Youth,Sports and Community Empowerment (@MoYSCEmv) December 25, 2021
މިދަނޑުގައި ސަބްބޭސް އެޅުމާ، ޓާފް އެޅުމަށް، ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާއަށް ވުރެ ގިނައިން ޚަރަދުވެފައިވާއިރު މި ދަނޑަކީ ފީފާ ސްޓޭންޑަޑަށް ހަދާ ދަނޑެއްކަމަށާ، ދަނޑުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ލައިޓިން ސިސްޓަމާ، ރޮސްޓްރަމްއަކާ، ސްޓޭޖެއް ހުންނާނެކަމަށް ޔޫތް މިނިސްްޓްރީއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!