އޭޑީއެސް އަލިފުށި ޕޮލިސް ހިޔަލަ ވޮލީ މުބާރާތް ފަށައިފިއެވެ.

އަލިފުށި ޑިވޮލޮޕްމެންޓް ސޮސައިޓީއާއި، އަލިފުށީގައި މަސައްކަކުރާ ފުލުހުންނާއި ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި މުބާރާތް މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

އަލިފުށީ ކަނބަލުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތުގެ މަޤްސަދަކީ އަލިފުށި ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެންމެންގެ ތެރޭގައި ކުޅިވަރުގެ ރޫހް އާލާކުރުމެވެ.

މި މުބާރާތް ކުރިޔަށް ދާނީ ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމު ފައިނަލަށް ދާގޮތަށެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.