ހޯރަފުށީގެ ދެމެހެއްޓެނިވި ތަރައްގީއާއި ހަމަށް ވާސިލްވުމާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކޮށްފިއެވެ.
ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު، އަހްމަދު ސަލީމް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ އިސްލާމް ދީނަށް ލޯބިކުރާ، ރަށްދެކެ ލޯބިވާ، ހުނަރުވެރި ޖީލެއް އުފެދުމަކީ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ.
މިމަހުގެ ފަސް ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި "ވޯޓާ ސޮލިޔުޝަންގެ" ފަރާތުން ވަފްދެއްވެސް ވަނީ ބައިވެރިވެފައެވެ.
#Hoarafushi dhemehehtenivi tharaggee ah vaasil vumah raiyyithun mashvaraa kuranee. Islam dheenah loabikuraa rahdheke loabivaa hunaruveri ilmee jeeleh ufehdhumakee tharahgeege enme muhinmu thanbu. pic.twitter.com/wA7EVFc0jD
— Ahmed Saleem (@SalleHoarafushi) October 5, 2019
ހޯރަފުއްޓަށް އެކަށީގެންވާ ސްޕެޝަލް ޕްލޭނެއް ތައްޔާރުކޮށް މިހާރު ބޭނުން ކުރަމުން އަންނަ ރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ކުރާ ކަމަށާއި ރަށުގެ ޗާޓް ސަރވޭ ކުރުމުގެ މަސައްކަތް ނިމިނިފައިވާ ކަމަށް ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ވޯޓަރ ސޮލިއުޝަން ކުންފުނީގެ ކޮންސަލްޓަންޓް ވިދާޅުވެފައި ވެއެވެ.
ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް ސެޕްޓެމްބަރ މަހު މާލޭގައިވެސްވަނީ ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!