އުޅޭ ސްކޫލެއްގެ ތައްގަނޑުޖަހާފަ ދިރާގަށް އެޕްލިކޭޝަން ލީމަ "+A"

90EDC08E-888E-44E3-B0E4-0A95EF003137

ޓީޗަރުންނަށް ހާއްސަ "އޭ ޕްލަސް" އޮފާއެއް ދިރާގުން ތައާރަފު ކޮށްފިއެވެ. މިއީ ޓީޗަރުންގެ ދުވަހާއި ގުޅިގެން އެ ކުންފުނިން ތައާރަފްކުރި އޮފާ އެކެވެ.

ދިރާގުން ތައާރަފްކޮށްފައިވާ "އޭ+" އޮފާގެ ދަށުން ގިނަ ހިދުމަތްތަކެއް ލިބެ އެވެ. އޭގެ ތެރޭގައި:

  • އަލަށް ގުޅާ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުން
  • ޕޯސްޓްޕެއިޑް 350 ޕްކޭޖުން މަތީގެ ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް ތިން މަސްދުވަސް ވަންދެން 2 ޖީބީއާ ހަމަ އަށް ހިލޭ ޑޭޓާ
  • ދިރާގުން ގަންނަ ސެމްސަންގް، ވާވޭ އަދި އެޕަލް ފޯނުތަކުން ހާއްސަ ޑިސްކައުންޓެއް އަދި ފޯނާ ގުޅޭ ބައެއް އާލާތްތައް ހިލޭ
  • ކަނޑައެޅިފައިވާ ވަކި ގްރޫޕެއްގެ މެދުގައި ހިލޭ ގުޅުމާއި ޑޭޓާ ޕެކޭޖު ނެގުމާއި އެ ނޫން ވެސް ބައެއް ހިދުމަތްތައް ބޭނުންކުރެވޭ "ދިރާގު ކަނެކްޓް" ހިދުމަތް

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ތަޢާރަފްކުރި މި އޮފަރ ޓީޗަރުންނަށާއި އެޑިއުކޭޝަން ސެކްޓަރގައި އުޅޭ އެހެން މުވައްޒަފުންނަށް ވެސް ލިބޭނެ ކަމަށާއި މި އޮފަރ ނަގަން ބޭނުންވާ މީހުން މި މަސް ނިމުމުގެ ކުރިން އެ މީހަކު އުޅޭ ސްކޫލެއްގެ ތައްގަނޑު ޖެހުމަށް ފަހު ދިރާގަށް އެޕްލިކޭޝަން ފޯމުލުމަށް ދިރާގުން އެދެއެވެ.

ދިރާގުން ބުނީ މި ފޯމް އެ ކުންފުނީގެ ކޮންމެ ސަރވިސް ސެންޓަރަކަށްވެސް ލެވޭނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި