ގޮއިދޫ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިމިއްޖެ

photo_2021-11-25_18-16-09

ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްްޖެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭކް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް މި މަޝްރޫއުގެ 73 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިންޑިން އިމާރާތުގެ މަސައްކަތާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ރަށުގެ ފެނުގެ ނިޒާމްގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 10 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި، ގޭގޭއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަޑުން 8.0 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމާއި ގޭގެޔަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މީގެ އިތުރުން، ނަރުދަމާ ނިޒާމުގެ ޕަންޕިންސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ނިމިފައިވާ އިރު، ސީ އައުޓްފޯލް ޤާއިމްކުރުމާއި، ޕަންޕިންލައިން އެޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގައި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 46.30 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި