ހޯރަފުށީގެ ސްޓޭޑިއަމް ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައި ދެއްވީ މި މަސައްކަތާއި އަމަލީގޮތުން ހަވާލުވެ ލެއްވި އެމް.ޓީ.ސީ.ސީ ގެ ފަރާތުންނެވެ. ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހުމަދު ސަލީމް(ސައްލެ) ވަނީ ބައިވެރިވެލައްވާފައެވެ.

Ad
d

މިކަމާ ގުޅޭގޮތުން ސައްލެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒުވާނުންގެ މިނިސްޓަރ އަހުމަދު މަހުލޫފް މިމަސައްކަތް ހަލުވި އަވަސް ބާރުމިނެއްގައި ގެންދަވާ ކަމަށްޓަކައި ފަރާތަށް ޝުކުރުވެރިވަކަމަށެވެ.ހަމަ އެއާ އެކު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ގެ ސަރުކާރުން ކުޅިވަރުގެ ދާއިރާއިން މިފަދަ ތަރައްގީ ގެންނަވާކަމަށްޓަކ އެފަރާތަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

Ad
df

މީގެ އިތުރުން ބޮޑުތިލަދުން މަތީގައި އަޅާ 4 ވަނަ އެއަރޕޯޓަކީވެސް ހޯރަފުށީގައި އަޅަމުންދާ އެއަރޕޯޓުކަން ފާހަގަ ކުރެވެއެވެ.