ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓެއް ހދ. ނޭކުރަންދޫ އާއި ހދ. ކުމުންދޫގައި އެޅުމަށް ހަވާލުކޮށްފި އެވެ.

މިރަސްމިއްޔާތު އޮތީ އިއްޔެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގަ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އަޙްމަދު މަޙްލޫފުގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރ ވަނީ ބައިވެރިވެފަ އެވެ.

Ad
rt

ޔޫތު މިނިސްޓްރީން އެމަސައްކަތް ހަވާލު ކުރެވުނު ފަރާތާއި އެކު ކޮންޓްރެކްޓްގައިވަނީ ސޮއިކުރެވިފައެވެ.

25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީން އިޢުލާން ކުރީ މި އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.

ހދ. އަތޮޅުން އައުޓްޑޯ ވޮލީކޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި ސިޓީ، ހދ. ކުމުންދޫ އަދި ހދ. ނޭކުރެންދޫ އެވެ. ށ. އަތޮޅުން މިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ 2 ރަށެއްގަ އެވެ. އެއީީ ށ. ފުނަދޫ އާއި ށ. މިލަންދޫ އެވެ.