ފީވަކުން އިތުރު 9 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 22 އަށް އަރައިފި އެވެ.

މިއަދު ޕޮޒިޓިވްވި ސާމްޕަލްތަކަކީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލެވެ. މި ސާމްޕަލްތަކަކީ އޮކްޓޯބަރު 8 ވަނަ ދުވަހު ފީވަކުން ފެނުނު ޕޮޒިޓިވް ކޭސް އާއި ގުޅިގެން ނަގައިފާވާ ސާމްޕަލްތަކެއް ކަމަށް މައުލޫމާތުލިބެއެވެ.

Ad
rt

ވޭތުވެ ދިޔަ ހަފްތާގައި އެރަށުން ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓުކުރި ސާމްޕަލްތަކެއްވެސް ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވް ވި ފަރާތްތަކާއި އެކު ބަލިޖެހިފައި ތިބި ފަރާތްތަށް ތިބޭ އެރަށުގެ 5 ގެއެއް މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ އަންގާރަ ދުވަހު ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ފީވައް މޮނިޓަރިންގެ ހާލަތައް މީގެކުރިންވެސް ވަނީ ގެނެސްފަ އެވެ. މީގެ ކުރިން، އެރަށުގެ ހާލަތު ގޯސްވުމާއެކު، މަހަކަށްވުރެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތެވެ.