ށ. ފީވަކުން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކަޯވިޑްގެ ޢަލާމާތްތައް ފެނިގެން ވޭތުވެދިޔަ ހަފްތާގައި ފީވަކުން ނެގުނު ސާމްޕަލްތަކެއް ވަނީ ޕޮޒިޓިވްވެފައެވެ.

Ad
rt

އަލަށް ޕޮޒިޓިވްވި 6 މީހުންނަކީ ވެސް ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކުރިއަށްދާ ކޮންޓެކްޓް ޓްރޭސިންގެ ތެެެރެއިން 11 އޮކްޓޯބަރުގައި އިތުރަށް ނެގުނު 26 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ބައެކެވެ.

އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ.

ފީވަކުން އިތުރު ބަޔަކު ޕޮޒިޓިވްވުމުން އެރަށުގެ އެކްޓިވްކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

ކޯވިޑްގެ ސަބަބުން މިއަދު އެރަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު، މިވަގުތު އެރަށުގެ 4 ގެއެއްގައި ކޯވިޑް ބަލިމީހުން އެބަތިއްބެވެ.

މިއަހަރުގެ ޖުލައި މަހުވެސް ކޯވިޑްގެ ސަބަބުން ފީވައް މޮނީޓަރިންނަށް ލާފައިވާއިރު، އެފަހަރު މަހަކަށްވުރެ ގިނަ ދުވަހު އެހާލަތުގައި އެރަށް އޮތެވެ.