ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބާއްވާ ހޭންޑް ބޯލް މުބާރާތް ނޮވެންބަރު މަހު ފެށުމަށް ތައްޔާރު ވެއްޖެ އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ރަޝީދު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، އަންހެނުންނަށް ޚާއްސަކުރެވިގެން، ނޮވެންބަރު 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ދިއްދޫ ރައީސް ބާއްވާ 1 ވަނަ ހޭންޑްބޯލް މުބާރާތް 2021 " ގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން، ބައިވެރިވާން ބޭނުންވާ ދިއްދޫގެ ޓީމު ތަކުން މި ހިނގާ އޮކްޓޫބަރު 28 ވާ ބުރާސްފަތި ދުވަހުގެ 21:00ގެ ކުރިން، 9505295 އަދި 74097060 މި ނަންބަރުތަކަށް ގުޅައިން މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރާ ފޯމާއި އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމުގެ ކަންތައްތައް ފުރިހަމަ ކުރެވޭނެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް ނުވަތަ ރަޖިސްޓްރީ ވުމަކަށް އެއްވެސް ޓީމަކުން އެއްވެސް ޚަރަދެއް ދޭކަށް ނުޖެހެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގެ މަޤްސަދަކީ ދިއްދޫގެ އަންހެންވެރިން ބާރުވެރިކުރުމާއި މި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އަންހެން ކަންބަލުންގެ މެދުގައި އިތުރުކޮށް ރަނގަޅު ކުޅުންތެރިން އުފެއްދުން ކަމަށެވެ.
" އަޅުގަނޑު އެދެނީ ދިއްދޫގެ ވީހާވެސް ގިނަ ޓީމު ތަކުން މި މުބާރާތުގައި ބައިވެރިވުން."
އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވާ 10،000 ރުފިޔާގެ އިތުރުން މެޑަލް އަދި ޓްރޮފީ ދިނުމާއި އެހެނިހެން ފައިސާގެ އިނާމު ދިނުމަށްވެސް ވަނީ ހަމެޖެހިފައި ކަމަށް ރަޝީދު ވިދާޅުވި އެވެ.
މުބާރާތުގެ ހުރިހާ ހަރަދެއް ކުރާނީ ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!